Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

ރެފްރީ އަކަށް ވާން ބޭނުން ފަރާތްތަކަށް ރަނުގެ ފުރުސަތެއް !

އައްޑޫ ސިޓީގެ ޒުވާނުންނަށް އަމާޒު ކޮށްގެން ބާއްވާ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަތޮޅު ތެރޭގެ ފުޓުބޯޅަ މުބާރާތް ފެށުމުގެ ކުރިން އެ މުބާރާތުގައި ރެފްރީކަން ކުރާނެ ރެފްރީން ތަމްރީން ކުރުމުގެ ގޮތުން 9 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޭސިކް ރެފްރީ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އަައްޑޫ ސިޓީ ކައުންސިލް އިދާރާގެ އިތުރުން އަވަށު އޮފީސް ތަކުން ލިބެން ހުންނާނެ ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވައެވެ.

އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 21 މެއި 2015 ގެ 14:00 އެވެ.