Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯން ސާފުކުރަން ފަށައިފި

ފޮޓޯ: އެޗްޑީސީ

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނެފައިވަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި، އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ މިމަސައްކަތް ކުރިއަށް ގެންދަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކަމަށެވެ.