Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

ބޯކޮށް ވާރޭ ވެހޭނެތީ އެލާޓް ނެރެފި

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 1:00 އިން ހަވީރު 06:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މޫސުން ގޯސްވުމުން މިއަދު ހެނދުނުވެސް އުތުރުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވެއެވެ.