Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ބިދޭސީންތަކެއް އިމިގްރޭޝަނަށް ހާޒިރުވާން ނޯޓިސް ދީފި

މާލެ ދޫކޮށް ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ގަވާއިދާ ހިލާފަށް ތިބި ބިދޭސީން އިމިގްރޭޝަނަށް ހާޒިރުވާން ނޯޓިސް ދީފި އެވެ.

އިމިގްރޭޝަނުުން ބުނ ބޯޓްގައި ތިބި ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި އެކަން ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕޮލިހާއި އިމިގްރޭޝަން ގުޅިގެން. ކަމަށެވެ. އެގޮތުުން، ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ނުވަ މީހަކަށް ނޯޓިސް ދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތް ދީފައި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މާލެ ސަރަހައްދުގައި ގގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އޮޕަރޭޝަން ފެށުމާ ގުޅގެން މާލެ ދޫކޮށް ބިދޭސީން ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އެހެންވެ އޮޕަރޭޝަން އަތޮޅުތެރެއަސް ފުޅާކުރަން ވެސް ނިންމާފައިވެ އެވެ.