Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ކައްކައި ވިޔަފާރިކުރާ ބިދޭސީންތަކެއް އަތުލައިގެންފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަ ކައްކައި ޖކާ ތަކެތި ވިއްކަމުން ދިޔަ ތަނެއްގައި ބަލައި ފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ އެ ދެ މީހުން އަތުލައިގަތީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ތަނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ގަރާޖެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެގޮތުން އެ ވަގުތު އެ ތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ދެ މީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންނާގެ މައްސަލަ ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެ، ވިޔަފާރިކުރާ ބިދޭސީން ހޯދަން އެ އިދާރާ އިން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި ބިދޭސީން ފިލައިގެން ބައެއް ރަށްރަށަށްދާ ކަމުގެ ރިޕޯޓް ލިބެމުންދާތީ، އަތޮޅު ތެރެއަށް ވެސް އޮޕަރޭޝަން ފުޅާކުރަން ވަނީ ނިންމައިފަ އެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 17 އިން ފެށިގެން މިހާތަނަށް އައި އިރު، 3،000 އަށް ވުރެ ގިނަ ގަވާއިދާ ހިލާފު ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.