Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި އެވެ.

އެހެންވެ މި ކަމަށް އެގޮތަށް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ހުށަހެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވައިފަ އެވެ.

ރައީސް އެގޮތަށް ނިންމެވީ މި މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ކެބިނެޓަށް ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށް ފަހު އެވެ.

އައިއޭއީއޭ އަކީ ސުލްހަވެރިކަމާ އެކީ ނިއުކްލިއާ ހަކަތަ ބޭނުން ކުރުމާ ގުޅޭ ގޮތުން ޖުލައި 29، 1957 ގައި ވުޖޫދަށް ގެނައި ޖަމާއަތަކެވެ. އެ ޖަމާއަތުގެ މެންބަރުންގެ އަދަދު 178 އަށް އަރަ އެވެ.