Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އެމްޑީޕީ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ބުނެފައިވަނީ އެޕާޓީގެ އަންހެނުންގެ ރޫހުގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީއަށް ކޮންމެ ސިޓީއަކާއި އަދި ކޮންމެ އަތޮޅަކުން މެންބަރެއް ހޮވަން ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މިޕާޓީގެ އަންހެނުންގެ ރޫހުގެ މެންބަރުން 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައިވެއެވެ.

މިފަހުން އެމްޑީޕީން ވަނީ އެޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ މަގާމުތަކަށްވެސް މީހުން އިންތިހާބު ކޮށްފައެވެ.