Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ރާފުޅިތަކަކާ އެކު މީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ތަކެތި އަތުލައިިގަތީ ފޭސް 1 ޕޮލިސް ސްޓޭޝަނުން، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ނިރޮޅުން މަގުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް ކަމަށެވެ. އަދި އެ ކާރުން 168 ފުޅި ބަނގުރާ ފެނިފައިވެ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކާރު ދުއްވަން ބަންގްލަދޭޝް އަށް ނިސްބަތްވާ 44 އަހަރުގެ 44 ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ