Last Updated: August 6, 22:05
Wednesday, August 6, 2025
ޚަބަރު

ގެއްލިފައިވާ ތަސްނީމާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށައިފި

މިދިޔަ ބުރާސްފަތި ދުވަހު ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.

ފުުހުން ބުނީ މިދިޔަ ހުކުރު ދުވަހު ގެއްލިގެން ރިޕޯޓްކުރި މ. އަސަރީ ހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލުމުގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރުމުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށެވެ. އަދި އޭނަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ތަސްނީމާ އެކީ އެކު ދަތުރު ދިޔަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތަސްލީމު ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރުނުވާތީ މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭސްއެއްގެ ގޮތުގައި އެ ހާދިސާ ކަނޑައަޅާފައި ނުވާތީ ޑްރޯން ވެސް ބޭނުން ނުކުރާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އޭނަ އަކީ މާލެ ސިޓީ ކައުންސކިލްގެ މުވައްޒަފެކެވެ.