Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ގައުމީ ދުވަހުގެ ބަންދުގައި ވެސް ޕާސްޕޯޓްގެ ހިދުމަތް

ޤައުމީ ދުވަހާއި ގުޅިގެން ބަންދުވާ ދެ ދުވަހު ވެސް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް ބުނެފި އެވެ.

މި އަހަރުގެ ގައުމީ ދުވަހަކީ އަންނަ ބުދަ ދުވަހެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ބުރާސްފަތީގައި ވެސް ސަރުކާރު ބަންދު ކުރަން ނިންމައިފަ އެވެ.

އިމިގްރޭޝަނުން ބުދަ އާއި ބުރާސްފަތީގައި ޕާސްޕޯޓު ހެދުމަށްޓަކައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށައެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ޕާސްޕޯޓު ދޫކުރުމަށްޓަކައި ނަންބަރު ދޫކުރާނީ ދެ ދެ ދުވަހު ވެސް ހެނދުނު 08:30 އިން މެންދުރު 2:00 އަށެވެ.

މީގެ ކުރިން ވެސް ރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި ބަންދު ދުވަސްތަކާ ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދީފައިވެ އެވެ.