Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ޑްރަގް ކޯޓުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި

މިދިޔަ ހަފުތާގެ ތެރޭގައި ޑްރަގް ކޯޓުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި އެވެ.

އެތަނުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ވަދެ، ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމް، 32، އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށާއި އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވެސް ޖަހާފައިވާ ކަމަށެވެ.

އަސްލަމްގެ ބަންދު އަމުރުގައިވާ ގޮތުން އޭނަ އަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ފަޅާލައި ވައްކަން ކުރާ މައްސަލަތަކުގެ ކުށުގެ ރެކޯޑްތައް ގިނަކަން ފާހަގަކުރެވެ އެވެ.

ޑުރަގް ކޯޓުގެ ޖަލްސާ ކުރާ މާލަމުގެ ކުޑަދޮރު ހަލާކު ކޮށްގެން ވަދެ އޭނާ ވަނީ އެކޯޓުގެ ރެކްރިއޭޝަން ކުލަބުގެ ފައިސާތަކެއް ވަގަށް ނަގާފައެވެ.