Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

މާފުށީ ސްކޫލަށް ފޮތް ހަދިޔާކޮށްފި

ގައުމީ ކުތުބުހާނާ ކ. މާފުށީ ސްކޫލަށް ފޮތްތަކެއް ހަދިޔާކޮށްފި އެވެ.

އެތަނުން ބުނީ ފޮތްތައް ހަދިޔާކުރީ އިލްމު ހިއްސާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެއްގެ ދަށުން ކަމަށެވެ. ހަދިޔާކޮށްފައިވާ ފޮތްތަކަކީ ދަރިވަރުންނަށް އުނގަންނައިދީ، ހިތްވަރު ލިބޭނެ ފަދަ ތަފާތު ބާވަތްތަކުގެ ފޮތްތައް ކަމަށް ވެސް ކުތުބުހާނާ އިން ބުންޏެވެ.

އެތަނުން ބުނީ މިކަމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި ކިޔުމުގެ އާދަ އަށަގެންނެވުމާއި، އެކި ދާއިރާތަކުން މައުލޫމާތު ހޯދުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ.