Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އެޑިއުކޭޝަނަށް ސީނިއާ ޕޮލިޓިކަލް އެޑްވައިޒަރެއް

އެޑިއުކޭޝަން މިނިސްޓަރީ އަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަނުކޮށްފި އެވެ.

އެ މަގާމަށް އައްޔަންކޮށްފައި ވަނީ ހަބީބު މުހައްމަދު ކިޔާ މީހެކެވެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އޭނަ އައްޔަނު ކުރިކަން ވާހަކަ ހަބީބު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

އެޑިއުކޭޝަނުގެ ސިޔާސީ މަގާމަކަށް ހަބީބު އައްޔަން ކުރިއިރު، މިދިޔަ މެއި 1 އާ ހަމައަށް އެ މިނިސްޓަރީގައި 32 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ.

ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އިސް މަގާމުތަކަށް ގެންދަނީ މުވައްޒަފުން އައްޔަންކުރަމުންނެވެ.

ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަކީ މި ސަރުކާރުން އުފެއްދި މަގާމެއްކަން ފާހަގަކޮށްކެވެ އެވެ. އެގޮތުން މިހާރު ވަރަށް ގިނަ މިނިސްޓްރީތަކުގައި ޕޮލިޓިކަލް އެޑްވައިޒަރުން އެބަތިއްބެވި އެވެ.