Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ނޫސްވެރިން މަރަން ޖެހޭ" ކަމަށް ބުނި މައްސަލައެއް

ރާއްޖޭގެ "ނޫސްވެރިން މަރަން ޖެހޭ" ކަމަށް ބުނި މައްސަލައެއް ބަލަން ފަށައިފި އެވެ.

ޗެނަލް 13 ގެ ޚަބަރެއްގެ ފޭސްބުކް ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓެއްގައި ނޫސްވެރިންނަށް ފުރައްސާރަކޮށް، ނޫސްވެރިންގެ ފުށުން އުނދަގޫވާ ކަމަށް ބުނެ "އެ މީހުން މަރަން ޖެހޭ" ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ ކޮމެންޓްގެ މައްސަލަ ރިޕޯޓްކޮށްފައިވާތީ އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ދިވެހި ނޫސްވެރިންނަށް ތަފާތު އެކި ކަހަލަ އިންޒާރުތައްދީ، ބައެއް ނޫސްވެރިންނަށް އެކި ކަހަލަ ގެއްލުންތައް ދީފައިވެ އެެވެ.