Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ރިސޯޓްތަކަށް އިންޓަނެޓް ދެވޭނީ 3 ކުންފުންޏަކަށް

ރާއްޖޭގައި ހިންގާ ރިސޯޓުތަކަށް އިންޓަނެޓުގެ ހިދުމަތް ދެވޭނީ ތިން ކުންފުންޏަކަށް ކަމަށް ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީ (ކޭމް) އިން ބުނެފި އެވެ.

އެ އޮތޯރިޓީއިން ކަމާބެހޭ ފަރާތްތަކަށް ފޮނުވި ބަޔާނެއްގައި ބުނީ ހުއްދަ ދީފައިވާ ތިން ކުންފުނި ފިޔަވައި އެހެން އެއްވެސް ކުންފުނިތަކުން ރާއްޖޭގެ ރިސޯޓުތަކުގައި އިންޓަނެޓުގެ ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށެވެ. އެ ތިން ކުންފުންޏަކީ ދިރާގާއި އުރީދޫގެ އިތުރުން ފޯކަސް އިންފޯކޮމް (އާރްއޯއެލް) އެވެ.

މީގެ އިތުރުން ސެޓަލައިޓް މެދުވެރިކޮށް ރެޒިޑެންޝަލް ކަސްޓަމަރުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކަނޑު އުޅަނދުފަހަރަށާއި ރާއްޖެ ސަރަހައްދުން ބޮޑެތި ކުންފުނިތަކުގެ މަތިންދާބޯޓުތަކަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް މަޝްހޫރު މަހުޖަނު އީލޮންސް މަސްކްގެ ސްޓާލިންކަށް ހުއްދަ ދީފައިވެ އެވެ.