Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އެކްސިޑެންޓްވި މީހަކު ވެންޓިލޭޓަރުގައި

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިން ރޭ ދަންވަރު 1:00 ޖަހަން އުޅެނިކޮށް ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ 21 އަހަރުގެ ޒުވާނަކަށް ކަމަށެވެ.

އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

އޭނަ އެކްސިޑެންޓްވި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.