Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އަލަށް ހަދަމުން އަންނަ މާރުކޭޓަކުން ވައްކަންކޮށްފި

މާލޭގައި އަލަށް ހަދަމުން އަންނަ މާރުކޭޓަކުން ކޭބަލްތަކަކާއި ލައިޓްތަކެއް ވަގަށް ނަގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ވައްކަންކުރީ މާލޭގެ ކޮލި އުމަރު ގޯޅީގައި، އަލަށް ހަދަމުން އަންނަ މާރުކޭޓުން ކަމަށެވެ. އެގޮތުން އެތަނުގައި ހުރި ކަރަންޓް ކޭބަލްތަކަކާއި ލައިޓުތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުންޏެވެ.

އެ މައްސަަލަ ފުލުހުން ކައުންސިލުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

މާލޭގެ މިސްކިތްތަކުން ވެސް ތަކުރާރުކޮށް ވައްކަން ކުރާތީ ކައުންސިލުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.