Last Updated: July 4, 06:42
Friday, July 4, 2025
ޚަބަރު

ނާލާފުށީގައި ސައިކަލެއް ރޯކޮށްލައިފި

މ. ނާލާފުށީގައި ސައިކަލެއްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ސައިކަލުގައި ރޯކޮށްލާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށާއި ސައިކަލުގައި ރޯކޮށްލީ ގޭގެ ބޭރުގައި ޕާކްކޮށްފައު ހުއްޓައި ކަމަށެވެ.

އެ ހާދިސާ ހިނގި އިރު، ސައިކަލްގެ ވެރިފަރާތް އުޅެމުން އަންނަނީ މާލޭގައި ކަމަށާއި އެ ސައިކަލު ދުއްވަނީ އޭނަގެ އާއިލާގެ މީހެއް ކަމަށް ކައުންސިލުން ބުންޏެވެ. އެއީ ފެނަކައިގައި ވަޒީފާ އަދާކުރާ މީހެކެވެ.

ސައިކަލުގައި ރޯކުރި މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.