Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ސިފައިން ހަރަކާތްތެރި ވަނީ

އަލިފާން ރޯވެފައިވާ ތަނުން ދުން ނިކުންނަނީ-

ޔޫރޯ ސްޓޯރުގެ ގުދަނުގައި އަލިފާން ރޯވެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އަލިފާން ރޯވެފައިވަނީ މއ.އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައެވެ. އަލިފާން ރޯވީ 3 ވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރު ގުދަނުގެ ކަރަންޓްބޯޑެއްގައި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ރޯވެފައިވާ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.