Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އުރީދޫ ނައިފަރު މަސް ރޭސް ފަށައިފި

އުރީދޫން ޅ. ނައިފަރުގައި ބާއްވާ މަސް ރޭސް މިއަދު ފަށައިފި އެވެ.

މި މަސް ރޭސް ފުރަތަމަ ބާއްވަން ނިންމީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ނައިފަރު މަސް ރޭސް ވަނީ ފަސްކޮށްފަ އެވެ.

މި ރޭހުގައި 19 ޓީމުން ވާދަކުރާއިރު، ރޭސް ނިންމާލާނީ މިރޭ 9 ޖަހާއިރު އެވެ.

މިފަހަރު ތިން ރަށެއްގައި މަސް ރޭސް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން މީގެކުރިން ކ. ހިންމަފުއްޓާއި ގދ. ތިނަދޫގައި މި މުބާރާތް ބާއްވާފަ އެވެ. ކޮންމެ ރަށަކުން ވެސް ވަކިވަކިން ވަނަތައް ވަނީ ހޮވައިފަ އެވެ.

މަސްރޭހުގެ އެއް ވަނަ ޓީމަށް 25،000ރ. ލިބެ އެވެ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް ދެނީ 5،000ރ. އެވެ. އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ. އަދި އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ލިބެ އެވެ. އަދި އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮއްޓެއް ވެސް އިނާމަކަށް ހުށަހަޅާފައިވެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ފޯރިގަދަ މަސްވެރިކަމުގެ މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދާ އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ، ރައްޔިތުންގެ މެދުގައި މަގުބޫލު ހަރަކާތެކެވެ.