Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޑޮލަރު ވިއްކާ ކަމަށް ބުނެ ސްކޭމެއް، ސަމާލުވާތީ!

ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ސްކޭމް ހިންގައި މީހުންގެ އަތުން މަކަރަކާއި ހީލަތު ފައިސާ އަތުލުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި އިތުބާރު ހުރި، ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ އެފަދަ މުއާމަލާތްތައް ކުރުމަކީ ސްކޭމްތަކުން ސަލާމަތްވާން އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް ތަފާތު ގޮތްގޮތަށް ހިންގާ ސްކޭމްތައް އިތުރުވެ، އެފަދަ މައްސަލަ ރިޕޯޓްކުރާ މިންވަރު ވެސް އިތުރުވެފައިވެ އެވެ. މިފަދަ ސްކޭމްތަކުގެ ސަބަބުން ބައެއް މީހުންނަށް ބޮޑެތި ގެއްލުންތަކެއް ވެސްވެފައިވެ އެވެ.

ޑޮލަރު ވިއްކާ ކަމަށް ބުނެ ސްކޭމް ހިންގުން އިތުރުވެފައިވާ އިރު، ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ފަސް ބިދޭސީއަކު އިއްޔެ އަތުލައިގެންފައިވެ އެވެ.