Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފިޔަވަތީގެ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިފަދަ މައްސަލައެއް ބަލަމުން އަންނަކަން ފުލުހުން ކަށަވަރުކޮށް ދިން ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ފިޔަވަތީގައި ޖިންސީ ގޯނާ ލިބުނީ 12 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

ފިޔައްވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ހުޅުމާލޭގެ ސެންޓަރެވެ. މީގެ ކުރިން ވެސް ފިޔަވަތީގައި ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ހާދިސާތަކެއް ފެންމަތިވެފައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ރާއްޖޭގައި އާންމު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.