Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު ސިޔާސީ

ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި ފަރާތެއް ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވަނީ ޔޫސުފް އަބްދުލް ގަފޫރު (ޔޫސޭ)އެވެ.

މިދިޔަ ބްރާސްފަތި ދުވަހު އޭނާ މަގާމުން ވަކިކުރިއިރު، ވަކިކުރި ވަކި ސަބަބެއް އަދި ނޭންގެއެވެ.

ޔޫސުފްއަކީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ފަރާތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޔޫސުފްއަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ކުރީގެ ރައީސް ޔާމީނާވެސް އަރިސް ބޭފުޅެކެވެ.