Last Updated: July 17, 18:07
Friday, July 17, 2026
މުނިފޫހިފިލުވުން

ދީޕިކާ އާއި ރަންވީރަށް ލިބުނީ އަންހެން ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން އަށް މިއަދު އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތާ ހިލާފަސް ދީފިކާ ވިހެއި މުމްބާއީގަ އެވެ. ބައެއް މީޑިއާތަކުން މީގެ ކުރިން ބުނެފައި ވަނީ ދީޕިކާ ވިހާނީ ލަންޑަންގައި މި މަހުގެ 28 ގައި ކަމަށެވެ. އަދި އެ ލިބެނީ ފިރިހެން ކުއްޖެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު މީޑިއާތަކުން ދެއްކި އެއްވެސް ވާހަކައެއް ދިމާ ނުވާ ގޮތަށް ރަންވީރާއި ދީޕިކާ އަށް އަލަތު ދަރިފުޅު މިއަދު ލިބުމާ ގުޅިގެން އެކީ އެކިއެކި މީޑިއާތަކުންނާއި ފޭނުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ދީޕިކާ އާއި ރަންވީރު ކައިވެނިކުރީ 2018 ގަ އެވެ. އަދި ދީޕިކާ ބަލިވެއިން ވާހަކަ އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 29 ގަ އެވެ.