ސ.ގަން އެއާޕޯޓަށް ޖެއްސި ފްލައިމީގެ ބޯޓެއް ރަންވޭ މަތިން ކަހާލައިފި އެވެ.
މިރޭ 8:15 އެހާކަށް ހާއިރު ގަން އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައިގެން ގޮސް ދިޔަ ނަމަވެސް މި ހާދިސާގައި ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މ
" ފްލައިޓް ޖައްސައިގެން ކުޑައިރުކޮޅެއް ވީ ތަނާ ކަހާލައިގެން ގޮސް ވިނަގަނޑުގެ މައްޗަށް އެރީ."އަހަރެމެން ގާތު ބުނީ ދަބަސްތައް ބަހައްޓާފައި އަވަހަށް ފައިބާށޭ. އޭރު އަލިފާން ނިއްވާ ޓްރަކް ތައްޔާރަށް އޮތް. ކުޑަދޮރުތަކުން ބޭރު ނުފެނޭ ވަރަށް ޗަކަ އާއި ވިނަ ހުރި . ވަރަށް ބިރުގަތް ހީވި ބޯޓު ގޮވާފާނެ ހެން ވެސް " ފްލައިމީގެ ބޯޓުން މިރޭ ގަމަށް އައި މީހަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުންޏެވެ.
ރަންވޭ މަތިން ކަހާލި ފްލައިމީގެ ފްލައިޓް: ފޮޓޯ: މޯލްޑިވިއަން ޕްލޭން ސޮޕޮޓާސް
ރަންވޭ މަތިން ކަހާލި ފްލައިމީގެ ފްލައިޓް: ފޮޓޯ: މޯލްޑިވިއަން ޕްލޭން ސޮޕޮޓާސް
މައުލޫމާތު ލިބިފައިވާގޮތުގައި ރަންވޭ މަތިން ކަހާލައިގެން ގޮސް ވިނަގަނޑު މަތީގައި އޮތް ފްލައިމީގެ ބޯޓަށް އަލިފާން ނިއްވާ ލޮރީން ފެންޖަހައި ވަގުތުން ވަނީ ސާފުކޮށްފައެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ ގަޑިއެއްގައި ހިނގި މިހާދިސާގައި މަތިންދާ ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ އޮޅުންފިލުވުމަށް ފްލައިމީގެ ފަރާތުން އައްޑޫގައި ހަރަކާތްތެރިވާ އިސް ބޭފުޅަކަށް ގުޅާލުމުން ވަނީ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ.
ރަންވޭ މަތިން ކަހާލި ފްލައިމީގެ ފްލައިޓް: ފޮޓޯ: މޯލްޑިވިއަން ޕްލޭން ސޮޕޮޓާސް
ގަން އެއަރޕޯޓްގެ އޮފިޝަލަކު ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފައެވެ. މިރޭ ފްލައިމީ ގެ ފްލައިޓުން ގަމުން މާލެ ދިއުމަށް ހަމަޖެހިފައިވާ ޕަސިންޖަރުން ބަލާ ދިއުމަށް ފްލައިމީގެ އެހެން ބޯޓެއް މިހާރު ވަނީ ގަން އެއާޕޯޓަށް ދިއުމަށް ފުރާފައެވެ.