Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ސްޓެލްކޯގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފައިވަނީ މުހައްމަދު އަސްލަމް އެވެ. ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ ބޯޑަށް އަސްލަމް އައްޔަންކުރުމާ ގުޅިގެން އޭނާ އަށް މަރުހަބާ ކިޔާފަ އެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.

އެ ބޯޑުގައި ދެން ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފުގެ އިތުރުން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ޔޫސުފް ވަހީދާއި އަހުމަދު ހާޝިމާއި މަރްޔަމް ސާޖިދާ އާއި މުހައްމަދު އާމިރު އަދި ކޮމްޕެނީގެ ސެކްރެޓަރީ އުސްތާޒު އަހުމަދު ސަމީހެވެ.