Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި

ހިންނާ ހާލިދު- ފޮޓޯ؛ ހޯމްލޭންޑް މިނިސްޓްރީ

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ޕާމަނަންޓް ސެކްރެޓްރީ ހިންނާ ހާލިދު އިސްތިއުފާ ދެއްވައިފިއެވެ.

ހޯމް މިނިސްޓްރީގެ ޕީއެސް ހިންނާ އިސްތިއުފާ ދެއްވާފައިވާކަން "އައްޑޫލައިވް"އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ހިންނާ ހާލިދު ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޖޫން 6 ވަނަ ދުވަހުއެވެ.

މިފަހުން ވަނީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފައެވެ.