Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

މިދިޔަ މަހު 176،151 ޓޫރިސްޓުން ޒިޔާރަތްކުރި

މިދިޔަ މަހު ރާއްޖެއަށް 176،151 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 154،854 ޓޫރިސްޓުންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 203،234 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 150،446 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 119،649 ޓޫރިސްޓުންނާ އެކީގަ އެވެ.

އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،518 ފަތުރުވެރިންނެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.