Last Updated: October 8, 10:40
Tuesday, October 8, 2024
ޚަބަރު

ގައުމީ ކުޅުންތެރިންނަށް އިންޝުއަރެންސް ދެނީ

ގައުމީ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންނަ އަހަރުން ފެށިގެން އިންޝުއަރެންސް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ގައުމީ ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ 2025 އަހަރުގެ ބަޖެޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނެޝަނަލް އެތުލީޓުންނާއި އޮފިޝަލުންނަށް އިންޝުއަރެންސްގެ ކަންތައް އަންނަ އަހަރު ހަމަޖެހިގެންދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަން،" ރާފިއު ވިދާޅުވި އެވެ.

މިއީ ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިންޝުއަރެންސް ދިނުމަށް ނިންމި ފުރަތަމަ ފަހަރެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ދިވެހި އެތުލީޓުން ރާއްޖެ ތަމްސީލުކޮށް އަންނަނީ ރަން ވަނަތަކެއް ވެސް ހާސިލުކުރަމުންނެވެ.