Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ޒަކިއްޔާގެ ޕޯސްޓްމޯޓަމް ހަދަނީ

ނ. ހޮޅުދޫގައި މިއަދު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

ނަމަވެސް އަދި މިކަމާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ޒަކިއްޔާ، 50، ގެ މަރާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދު ގޮސް އަށް މިކަމާ ގުޅޭ ތަހުގީގެއް ވަނީ ފަށައިފަ އެވެ. މި މަރާ ގުޅޭ ގޮތުން އަޑު ފެތުރިފައިވާ ގޮތުން ޒަކިއްޔާ އޮތީ މަރާލައިފަ އެވެ. އަދި އޭނަ އަކީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ވެސް އެނގިފައިވެ އެވެ.