Last Updated: July 17, 18:07
Friday, July 17, 2026
މުނިފޫހިފިލުވުން

"ދޭވްރާ" ގެ ޓްރެއިލާ އާންމުކޮށްފި

މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ އާ ފިލްމު "ދޭވްރާ: ޕާޓް 1" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ތެލެގޫ ފިލްމަކީ 2022 ގެ ބޮޑު ހިޓް "އާރްއާރްއާރް" އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ އެންޓީއާރްގެ ފުރަތަމަ ފިލްމެވެ. އޭނަ ޑަބަލް ރޯލަކުން ފެންނާނެ އެކްޝަން ޑްރާމާ "ދޭވްރާ: ޕާޓް 1" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ގަ އެވެ.

މީގެ ހިންދީ ވާޝަން ބެލުންތެރިންނަށް ގެނެސްދިނުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުންނެވެ.

ކޮރަޓަލާ ސިވާ ޑައިރެކްޓްކޮށްފައިވާ "ދޭވްރާ: ޕާޓް 1" ގެ ބަތަލާ އަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރެވެ. އަދި މީގެ ރޯލަކުން ސައިފް އަލީ ޚާން ވެސް ފެންނާނެ އެވެ.