Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންނަވަރާއި ނައިފަރުގައި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ޅ. ނައިފަރު އަދި ޅ. ހިންނަވަރުގައި ފަށައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ނޯތް ޕޮލިސްގެ ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ޅ. ނައިފަރު އަދި ޅ. ހިންނަވަރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަން ނިމުމުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.