Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

މަގުމައްޗަށް ވެއްޓުނު 17،000ރ. ހޯދައިފި

މީހެއްގެ ޖީބުން މާލޭގެ މަގުމައްޗަށް ވެއްޓުނު 17،000ރ. ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ އެ ފައިސާ ވެއްޓިގެން ރިޕޯޓްކުރީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ފައިސާތައް ހޯދުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ފައިސާތައް ހޯދީ ގަލޮޅު ޕޮލިސްގެ ފުލުހުން ސީސީޓީވީތައް ބަލައި، ފައިސާތައް މަގުމަތިން ނެގި މީހާ ދެނެގަނެގެން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.