Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

ކާވާގެ އަންހެން ޗެމްޕިއަންކަން ކިރްގިސްތާނަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ކިރްގިސްތާން ހޯދައިފި އެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ފައިނަލްގައި އެ ޓީމު ރޭ ބައްދަލުކުރީ ރާއްޖޭގެ ޓީމާ އެވެ. ރާއްޖެއާ ވާދަކޮށް ކިރްގަސްތާން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދެ ސެޓް ތިން ސެޓުންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑަލް ހަވާލުކޮށް ދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށް ދެއްވީ ނައިބު ރައީސެވެ.

މި މަހުގެ 11 އަށް ބޭއްވި މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި ކިރްގިސްތާނާއި އަފްޣާނިސްތާންގެ އިތުރުން ތަޖިސްކިސްތާނެވެ.