Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ލޯބިވެރިޔާ އަށް ހަމަލާދީގެން ބިދޭސީއަކު ހައްޔަރަށް

މާލޭގައި އުޅޭ ބަންގްލަދޭޝް ފިރިހެނަކު އޭނަގެ ބަންގާޅު ލޯބިވެރިޔާ އަށް ހަމަލާ ދީން މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ރޭ ދަންވަރު 1:30 ހާއިރު ސޯސަން މަގުގައި ހިނގި މި ހާދިސާގައި ދެ މީހުންގެ މެދުގައި ޒުވާބުކޮށް، އެ ޒުވާބުގަނޑު ހޫނުވެ، ފިރިހެން މީހާ ވަނީ ތަޅުދަނޑިއެއް ބޭނުންކޮށްގެން އަންހެން މީހާ އަށް އަނިޔާކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.