Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އަނިޔާތަކާއެކު ފެނުނު ޒުވާނާގެ މައްސަލައިގައި 2 މީހަކު ހައްޔަރަށް

ގެސްޓްހައުސްއެއްގެ ތެރޭގައި އަނިޔާތަކަކާއެކު ފެނުނު ޒުވާނާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފިއެވެ.

އަނިޔާތަކަކާއެކު އޮތް ޒުވާނެއް ފެނިފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ހެންވޭރުގެ ގެސްޓްހައުސްއަކުންނެވެ. އެ ޒުވާނާއަށް އަދިވެސް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ ޒުވާނާއާމެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ކ. ތުލުސްދޫ، ޕެރިސް ފައުޒާން ޒަރީރު އަދި ކ. މާލެ، މއ. ވޮއްކޮޅުގެއާގެ އަހްމަދު މާޒިން އިބްރާހިމްއެވެ.

މިދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވެއެވެ.