Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ޕީއެންސީގެ ޖަގަހަ ޖަލްސާއެއް މިރޭ އައްޑޫގައި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޖަގަހަ ޖަލްސާއެއް މިރޭ އައްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ޖަލްސާ އޮންނާނީ ޕީއެންސީގެ ފޭދޫ އޮފީހުގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ. މި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މަޖިލީހުގެ އައްޑޫގެ ތިން ދާއިރާގެ މެންބަރަކު ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ އެވެ.

އެއީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) އާއި ފޭދޫ އިތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން އެވެ.

ޕީއެންސީން ބުނީ މި ޖަލްސާ އަށް ޕާޓީގެ މެންބަރުންނަށް ދައުވަތު ދޭ ކަމަށެވެ.