Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވަނީ

ކުޅުދުއްފުށިސިޓީ ފަޅުތެރޭގައި މަރުވެފައި އޮށްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮށްވާ ފެނިފައިވަނީ އެރަށު ޑެއިޒީ ފެހި މުހައްމަދު ހަސަންއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޅުދުއްފުށީ ފަަޅުތެރޭ މަރުވެފައި އޮތް މީހަކު ފެނުނުއިރު މިފަހުން، ނ. ހޮޅުދޫގައި ވެސް ޒަހަމުތަކަކާއެކު މަރުވެފައި އޮތް އަންހެނެއް ފެނިފައިވެއެވެ.