Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ބިއްލޫރި ޝީޓްތަކެއް އުފުލި ބަޔަކަށް އަނިޔާވެ ފަރުވާދެނީ

ފުވައްމުލައްސިޓީގައި ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މިއަދު ހެނދުނު ފުވައްމުލަކުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅުމުގެ ތެރޭގައި އެތަކެތި އުފުލަން އުޅުނު 2 ބިދޭސީންނަށް އަދި 2 ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި 4 މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ މަންޒަރުތަކުން ފެންނަގޮތުން ބިއްލޫރި ޝީޓުތައް ވަނީ ވަރަށް ބޮޑަށް ތަޅައިގެންގޮސް މީހުންގެ ގައިގެ އެތިކަންތަނަށް ހެރިފައެވެ.