Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ފެނަކައިގެ ޗެއާމަނަކަށް އެސްޓީއޯގެ އެމްޑީ

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިިރެކްޓަރު ޝިމާދު އިބްރާހީމް އައްޔަންކޮށްފި އެެވެ.

އެ މަގާމަށް އޭނަ އައްޔަން ކުރުމާ ގުޅިގެން ފެނަކަ އިން މިއަދު މަރުހަބާ ވެސް ކިޔާފައިވެ އެެވެ. ފެނަކަގެ ޗެއާމަނަކަށް ޝިމާދު އައްޔަންކުރި އިރު، އެ ކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލު ކުރަން ވެސް ނިންމައިފަ އެވެ.

އެންމެ ފަހުން ފެނަކައިިގެ ޗެއާމަނަކަށް ހުންނެވީ ކުރިން އެސްޓީއޯގެ އެމްޑީގެ މަގާމު ވެސް ފުރުއްވި އަހުމަދު ޝަހީރެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އޭނަ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

ފެނަކައިގެ ޗެއާމަނަކަށް އޭނަ އައްޔަންކޮށް ބޯޑްގެ ޑިރެކްޓަރުންނަށް މުހައްމަދު މާޒިން އާއި މުހައްމަދު ނިޒާމު ވެސް ވަނީ އައްޔަންކޮށްފަ އެވެ.

ފެނަކައިގެ އެމްޑީ އަކީ މުއާޒު މުހައްމަދު ރަޝީދެވެ.