Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އޭއީއެޗްގެ ހިތާނީ ކޭމްޕަށް ހުޅުވާލައިފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މި އަހަރުގެ ހިތާނީ ކޭމްޕަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މި ކޭމްޕްގައި ހިތާނު ކުރަން ބޭނުންވާ ކުދިން ރަޖިސްޓްރީކުރުމުގެ ފުރުސަތު މި މަހުގެ 10 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީވީ އޭއީއެޗްގެ ހާއްސަ ހޮޓްލައިން 1632 އާއި 7379951 އަށް ނަމްބަރު މެދުވެރިކޮށެވެ

ހިތާނީ ކޭމްޕް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ގަ އެވެ.

އޭއީއެޗުން ކޮންމެ އަހަރަކު ވެސް ސްކޫލް ބަންދުތަކާ ދިމާކޮށް ހިތާނީ ކޭމްޕް ކުރިއަށް ގެންދެ އެވެ.