Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ތިން ބަހުރުވައެއްގެ ކޯލްސެންޓަރެއް އައިޔޫއެމަށް

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގައި ތިން ބަހުރުވައަކުން މުޙާތަބުކުރާ ކޯލްސެންޓަރެއް ތަޢާރަފުކޮށްފި އެވެ.

މި ކޯލްސެންޓަރަކީ މިގޮތަށް މުހާތަބުކުރާ ރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރެވެ.

އެ ކޯލްސެންޓަރުގައި ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މަޢުލުމާތު ހޯދުމަށް ގުޅުއްވާ އެހެނިހެން ފަރާތްތަކަށް މުޙާތަބު ކުރާނެ އެވެ.

ކޯލްސެންޓަރުގެ ހޮޓްލައިނަކީ 1405 އެވެ.

ކޯލްސެންޓަރު އިފިތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މޯލްޑިވިސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންޑިރެކްޓަރު/ސީއީއޯ ޝަރީފް މުޙައްމަދެވެ.