Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

20 ނަރުހުން ހޯދަން އިއުލާންކޮށްފި

ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 20 ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރަޖިސްޓާޑް ނަރުހުންގެ ވަޒީފާތަކަށް ޝައުގުވެރިވާ ނަރުހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުރިމަތިލާ ނަރުހުންގެ ޝަރުތަކުގެ ތެރޭގައި ބެޗްލާ އޮފް ސައިންސެސް އިން ޑިގްރީއެއް އޮތުމާއި މަދުވެގެން ދެ އަހަރު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. ނަރުހުންގެ އަސާސީ މުސާރަ އަކީ 9،060ރ. އެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 120ރ. ގެ އިތުރުން އެކޮމޮޑޭޝަނަށް މަހަކު 3،000ރ. އަދި ފުޑް އެލަވަންސަށް މަހަކު 1،800ރ. ލިބޭނެ އެވެ.

ހެލްތު މިނިސްޓްރީން 20 ނަރުހަކު ހޯދަން އިއުލާންކުރި އިރު، ހއ. އަތޮޅަށް ދިވެހި 52 ނަރުހުން ހޯދަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ އަތޮޅު ހޮސްޕިޓަލުން އިއުލާންކޮށްފި އެވެ.