Last Updated: April 29, 14:11
Monday, April 29, 2024
ޚަބަރު

އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގައި އިޔާދަކުރަނިވި ހަކަތަ އުފައްދައިގެން ކަރަންޓް ފޯރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލްގެ ފަރާތުން ހުޅުވާލައިފި އެވެ.

ކައުންސިލުގެ އޮފިޝަލަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އީއޯއައި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައިވާ އިރު އެކަމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވިގޮތުގައި އައްޑު އަށް އިޔާދަކުރަނިވި ހަކަތަ ފޯރުކޮށް ދޭނެ ފަރާތެއް ހޯދަން ކައުންސިލުން ހުޅުވާލީ، ރައްޔިތުންނަށް އަގު ހެޔޮކޮށް ކަރަންޓް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ކަމަށާއި އެހެންވެ މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އެކަން ކުރެވޭނެ ގާބިލްކަމާއި ތަޖުރިބާ ހުރި ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އިޔާދަކުރަނިވި ހަކަތައަށް ދާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މިހާރު ރައްޔިތުންނަށް ފޯރުކޮށް ދެމުން އަންނަ ކަރަންޓްގެ އަގުތައް އަތްފޯރާ ވަރަށް ވުރެ މައްޗަށް އަރައިގެން ދިއުން ކަމަށް ކައުންސިލްގެ ފަރާތުން ވަނީ ބުނެފައެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ މަޝްރޫއެއް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މަޝްރޫއު ބިޑަށް ލައި، އެއާ ގުޅޭ ކަންކަން ފަށައިގަންނާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.