Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

ދިއްލީ އަށް އަލަށް އަންހެން ޗީފް މިނިސްޓަރެއް

އިންޑިއާގެ ނިއު ދިއްލީގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަރުވިންދު ކެޖިރިވާލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން މުޅިން އަލަށް އަންހެން ޗީފް މިނިސްޓަރަކު އައްޔަން ކުރަން ނިންމައިފި އެވެ.

އެ މަގާމަށް ދެން އައްޔަންކުރީ ކެޖިރާވާލްގެ ޕާޓީ އާމް އާދުމީ ޕާޓީ (އާޕް) ގެ ސަރުކާރުގެ ސީނިއާ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަތިޝީ މަރްލޭނާ ސިންގް ކަމަށް އެ ޕާޓީން މިއަދު ބުންޏެވެ.

ކެޖިރިވާލް މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނި އޭނަގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ފަސް މަސް ދުވަހު ޖަލު ބަންދުގައި ހުންނެވުމަށް ފަހު، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމާ ގުޅިގެންނެވެ. ކެޖިރިވާލްގެ މައްޗަށް ކުރާ ތުހުމަތުތައް އޭނަ ދޮގު ކުރައްވަ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރުގެ މަގާމަށް ކެޖިރިވާލް ވަޑައިގެންނެވީ 2015 ގަ އެވެ.