Last Updated: January 13, 12:10
Monday, January 13, 2025
ޚަބަރު

އެލްއެންޖީން ކަރަންޓު އުފައްދަން ހުށަހަޅައިފި

ލިކުއިފައިޑް ނެޗުރަލް ގޭސް އެލްއެންޖީ) ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރަން ސިންގަޕޫރްގެ ކުންފުންޏަކުން ހުށަހަޅައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ސިންގަޕޫރްގެ ޗީ އެނަޖީގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްއާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވެސް ބާއްވައިފަ އެވެ. ރާއްޖޭގައި މޮޑިއުލަ އެލްއެންޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ގާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާ އަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ޗީ އެނަޖީން ހުށަހެޅި ޕްރޮޕޯސަލާ ގުޅޭ ގޮތުން އިތުރު މަޝްވަރާތަކެއްއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހިކޮށް ކަރަންޓު އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.