Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

ޤުރުއާނާ ބެހޭ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މަތިކުރަނީ

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސުން ތާޒާކޮށް، ފެންވަރު މަތިކުރުމަށް ސިލްސިލާ ޕްރޮގުރާމެއް ފަށައިފި އެވެ.

މިއީ ބޭރުގެ މަޝްހޫރު ޤާރީވެރިން މެދުވެރިކޮށް ހިންގާ ސިލްސިލާ ޕްރޮގުރާމެކެވެ. އެގޮތުން މި ޕްރޮގުރާމުގެ ފުރަތަމަ ދަންފަޅިތައް ނަންގަވައި ދެއްވަނީ މެލޭޝިއާގެ މަޝްހޫރު ޤާރީ ޑރ. ވަން ޙިލްމީ އެވެ.

އޭނަގެ ކުލާސްތައް ފެށީ އިއްޔެ އެވެ. އަދި މި ކްލާސްތައް މާދަމައާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ޕްރޮގުރާމުގެ މަގުސަދަކީ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މިހާރަށް ވުރެ ހަރުދަނާކުރުމާއި ބޭރު ތަޖުރިބާކާރުންގެ އަރިހުން ދަސްކުރުމުގެ ފުރުސަތު ހޯދައި ދިނުމާއި ދަރިވަރުންނަށް އުނގަންނައި ދޭނެ އާ ގޮތްތައް ދަސްކުރެވޭނެ އިންތިޒާމު ފަހިކޮށް ދިނުމެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ އިސްލާމީ މަރުކަޒުގެ ދަށުން ހިންގަމުން އަންނަ ތަނެވެ. އެތަނުގެ ގޮފިތައް ބައެއް އަތޮޅުތަކުގައި ވެސް ހިންގަ އެވެ.