އުރީދޫ މޯލްޑިވްސް އިން އައިފޯން 16 އަށް ޕްރީއޯޑާ ކުރަން އަންނަ ހުކުރުދުވަހު ހުޅުވާލުމަށް ނިންމައިފި އެވެ.
އުރީދޫ އިން ބުނީ އައިފޯން 16 އަށް ޕްރީއޯޑާ ކުރަން ހުޅުވާލާނީ ހުކުރުދުވަހުގެ ރޭ 12:00 ޖަހާއިރު ކަމަށެވެ.
އެޕަޕް އިން މިދިޔަ ހަފްތާގައި "އިޓްސް ގްލޯޓައިމް" ގެ ނަމުގައި ބޭއްވި އިވެންޓްގައި އައިފޯން 16 ގެ ހަތަރު މޮޑެލްއެއް ދައްކާލާފައިވެ އެވެ. އެއީ އައިފޯން 16، އައިފޯން 16 ޕްރޯ، އައިފޯން 16 ޕްލަސް އަދި އައިފޯން 16 ޕްރޯ މެކްސް އެވެ. ކުލަތަކަށް ބަލާ އިރު އައިފޯން ޕްރޯ އާއި އައިފޯން ޕްރޯ މެކްސް ލިބޭނެ ކުލަތަކަކީ ސްޕޭސް ބްލެކް، ވައިޓް، ގްރޭ އަދި ރޯސް އެވެ. އަދި އައިފޯން 16 އާއި އައިފޯން 16 ޕްލަސްގެ ކުލަތަކުގެ ތެރޭގައި ހިމެނޭނީ ބްލެކް، ގްރީން، ޕިންކް، ބްލޫ، ވައިޓް އަދި ޔެލޯ އެވެ.
އައިފޯން 16 ސީރީޒްގެ ފޯނުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވަރަށް މުހިއްމު ގިނަ ފީޗާތަކެއް ވެސް އެކުލެވޭނެ އެވެ. އަދި މި މޮޑެލްތަކުގައި ކެމެރާތަކުގައި ވެސް ވަރަށް ހާއްސަ ގިނަ ފީޗާތަކެއް އެކުލެވޭނެ ކަމަށް އެޕަލް އިން ބުންޏެވެ.