Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޝުޖާއު ހުޅުމާލެ އިން ބިމެއް ގަތީ 8 މިލިއަނަށް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުޅުމާލެ އިން 8 މިލިއަން ރުފި ޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.

އޭނަ ހުޅުމާލެއިން ބައްލަވާގަތީ 2،196 އަކަފޫޓުގެ ބިމެކެވެ. މި ބިމުގެ އަގަށްވާ 8،785،480ރ ރުފިޔާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަވައި ކޯޓު މެދުވެރިކޮށް ބިން ވަނީ މިލްކުކުރައްވައިފަ އެވެ.

ޝުޖާއުގެ ގޯތީގެ މައްސަލަ ސިވިލް ކޯޓުން ނިންމެވީ ގާޒީ ސިނާން އަލީ އެވެ.

ކުރިން މާލެ ސިޓީ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޝުޖާއު ހުޅުމާލެ އިން ބޮޑު ބިމެއް ބައްލަވައިގަތް އިރު، މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމާ ދެކޮޅަށް މި ފަހުން އޭނަ ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައިވެ އެވެ.