Last Updated: July 17, 15:06
Friday, July 17, 2026
މުނިފޫހިފިލުވުން

"ދޭދަރު ރުއިން" ގެ ޕޯސްޓަރު ދައްކާލައިފި

އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ދޭދަރު ރުއިން" ގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ނޮވެމްބަރު 20 ގައި ގެނެސްދޭ މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ދޭދަރު ރުއިން" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާޒިފް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ.

އައި ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.

އައި ފިލްމްސް އިން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި އެޅުވި ބިރުވެރި ފިލްމު "ކަންބަޅި" އެވެ. އެއީ އިލްޔާސް ވަހީދު (އިއްލެ) އާއި އެކްޓަރު އިފްނާޒް ފިރާގުގެ ޑައިރެކްޝަނެކެވެ.

"ދޭދަރު ރުއިން" ގެ ޕޯސްޓަރު މިއަދު ދައްކާލި އިރު، މީގެ ޓީޒާއެއް މީގެ ހަފުތާއެއްހާ ކުރިން ދައްކާލާފައިވެ އެވެ.